-Advertisement-

-Advertisement-

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނި، ފްލެޓް ނުލިބުނު މީހުންނަށް އެންމެ އަވަހަށް އަޅާ ފްލެޓްތަކުން ފްލެޓް ލިބޭނެ: ރައީސް

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓް ތައް

މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ހައުސިން މަޝްރޫގެ ދަށުން ހިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނި، ފްލެޓް ނުލިބުނު މީހުންނަށް އެންމެ އަވަހަށް އަޅާ ފްލެޓްތަކުން ފްލެޓް  ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ “ސުވާލާ ޖަވާބު” ޕްރޮގްރާމްގައި މާލެ ސިޓީ، ދަފްތަރު 12152، މުހައްމަދު ސަލީމް، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ފްލެޓް ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ނިމިގެން ދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ލިބޭނެތޯ ސުވާލުކޮށްފަ އެވެ. އަދި އެ ފްލެޓްތައް ދޭނީ ކޮން އިރަކުންތޯވެސް އޭނާ ސުވާލުކުރިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ވެވަޑައިގެން ވައުދެއް ކަމަށާއި އެ ވައުދު ފުއްދާނެ ކަމަށެވެ. އަދި މި ސަރުކާރުން އެންމެ ފުރަތަމަ ފަަށާ ސޯޝަލް ހައުސިން އިމާރަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފްލެޓްތަކުން އެ ބޭފުޅުންނަށް ފްލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ކަހަލަ ހަމައެއްނެތި ރައީސް ސޯލިހްގެ ސަރުކާރުން އުނިކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުން އެ ބޭފުޅުންނަށް ފްލެޓް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-