އަދިވެސް މި ހުންނެވީ ޔާމީން މިނިވަން ކުރެއްވުމުގެ ވައުދު މަތީކަމަށާއި، ހެންނަމަވެސް ރައީސް ޔާމިން މިނިވަން ކުރުމުގެ ބާރު އޮތީ ޖުޑީޝަރީގެ އަތް މަތީގައިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ސަން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ރައީސް ޔާމިން މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައްޔިތުންނަން ވައުދުވެވަޑައިގެންނެވި ކަމަށާއި، ވެރިކަން ބަދަލުވުމަށްފަހު ޖުޑިޝަރީގެ ތެރެއިން ރައީސް ޔާމިނަށް ދިން ލުޔާއެކު އެމަނިކުފާނު މިނިވަންވާނެކަމަށް އުއްމީދު ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެވެން ހުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ޖުޑިޝަރީއަށް އަތް ނުބާނުއްވާނޭކަމަށް މުޅި ރާއްޖެއަށް އިއުލާން ކުރެއްވި ކަމަށާއި، އެދުވަހުވެސް ވިދާޅުވީ ޖުޑިޝަރީއަށް އަތް ބޭނުން ނިމުމަކަށް އައީ ކަމުގައެވެ.
އަޅުގަނޑު ދެންނެވިން ރައްޔިތުންގެ ގާތުގައި ގާނޫނީ އިމުގެ ތެރެއިން އެ މަނިކުފާނު މިނިވަން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނަމޭ. އަޅުގަނޑަށް ކުރެވޭނެ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ވީމައި އަޅުގަނޑު ހުވާ ކުރި ދުވަހު އިއުލާން ކުރިން ޖުޑީޝިއަރީ ނިސްބަތްކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެންނެވިން މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީއޭ.–ރައީސް
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމިނަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ.