-Advertisement-

-Advertisement-

މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުުރާނެ

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ތެރެއިން. ފޮޓޯ: މިހާރު

މޫސުން ތަންދޭނަމަ މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ  1445 އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ، މާލޭގައި މާފަންނު ސްޓޭޑިއަމް، ވިލިމާލޭގައި ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ފޭސް2ގެ ކްރިކެޓް ސްޓޭޑިއަމްގައި ކަމުގައެވެ.

މީގެއިތުރުން އިސްލާމީ މަރްކަޒާއި، މަރުކަޒުގެ ސަރަޙައްދު އަދި ކިންގް ސަލްމާން މިސްކިތާއި، އެމިސްކިތުގެ ސަރަހައްދުގައި ވެސް އީދު ނަމާދު ކުރާގޮތަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދުގެ ޖަމާއަތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައެއް ގެންދިއުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން ފައިވާން ލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށް ސަމާލުކަން ދިނުމަށް ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އީދު ނަމާދު ކުރަމުން އައީ 07:30 ގައި ނަމަވެސް މި އަހަރުން ފެށިގެން އީދު ނަމާދު ކުރާ ގަޑި 07:00 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިފަދައިން ނިންމާފައިވާނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާ، ދީނީ އިލްމުވެރިންނާ އަދި އިސްލާމިކް މިނިސްޓްރީ ގާއިމުކުރެވިފައިވާ ފަލަކީ ހިސާބު ތަކާ ބެހޭ ކޮމިޓީއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މި އަހަރުގެ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވެފައި، އީދު ނަމާދު ކުރަނީ މައިދާންތަކާއި ހުސްބިންތަކުގަ ކަމަށްވުމުގެ އިތުރުން ކޮންމެ އަހަރެއްގެވެސް އީދު ނަމާދުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ ތަކުލީފުތަކުން ސަލާމަތްވުމަށްޓަކައި ރަސޫލާގެ ސުންނަތުން ސާބިތުވާ ފަދައިން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-