-Advertisement-

-Advertisement-

ބުލީ ކުރުމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވެއްޖެ

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ބުލީކުރުމާއި ކުދިންނަށް ދިމާވާ މިބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުުން އިސްލާމިކް މިނިސްޓްރީއިން އިސްނަގައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްދާ ‘ބުލީކޮށް’ އަނިޔާ ކުރި މައްސަލައާއި ގުޅިގެންނެވެ. އެގޮތުން ސައީދު ވިދާޅުވީ އެފަދަ ކަންކަމަށް މުޅި ގައުމުގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާ، ދީނީ އެކިއެކި ޕްރޮގްރާމްތަކާ، ފޯރަމްތަކާ، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމުތަކާ، އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ އެކިއެކި ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން މިފަދަ ކަންތައްތަކަށް އެޑްރެސްކޮށް، މި ބާތަވުގެ ނޭދެވޭ ކަންތައްތައް، އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މާތްﷲ އިރާދަކުރެއްވިއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު އަޅުގަނޑު އަރުވަން.–ސައީދު

ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށާ، އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-