-Advertisement-

-Advertisement-

ޔާމީންގެ ދިފާއުގައި މަސައްކަތް ކުރުމުން އަޅުގަނޑުމެން ކޮށްލީ ބަދުނާމު: އަބްދުއްރަހީމް

ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ، މި ސަރުކާރަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ފާޑުވިދާޅުވާއިރު، ޔާމީން މިނިވަން ކުރުމަށް ރެ އާއި ދުވާލު ބުރަ މަސައްކަތްތައް ކުރުމުން އޭގެ އަގަކަށް ވީ އެންމެން ކުރިމަތީ ބަދުނާމު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިނ ްވިދާޅުވީޕީއެންސީގެ ލީޑަޝިޕުން މިއަދުގެ މެންދުރު ފަހު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީޕީއެމް/ ޕީއެންސީއަށް ވުރެ އިހުލާސްތެރި އަންބަކު ދަރިއަކު ނެތް ޔާމީންގެ. ވަރަށް އަސަރުކުރި އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލެއްގައި އޭ އުޅުނީ. މަސައްކަތް އަޅުގަނޑުމެން ކުރީމާ އޭގެ އަގަކީ މުޅި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެން ބަދުނާމުކުރުންތޯ؟– އަބްދުއްރަހީމް

މީގެ އިތުރުން ޔާމީން އަރިހުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން ކުރިން ކަންކަން ކުރެއްވި ގޮތް ވިދާޅުވެ، އަބްދުއްރަހީމް ވަނީ އެ ބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ޑރ. ޖަމީލާއި މަލީހަކީ މީގެ ކުރިން އެކިއެކި ފޯރަމްތަކުގައި ޔާމީނާ ދެކޮޅަށް ވަރަށް ގަދައަށް މަސައްކަތް ކުރެއްވި އަދި ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީއާ ގުޅިގެން އިސް ދައުރެއް އަދާކުރެއްވި ބޭފުޅުން ކަމަށާއި، ޔާމީން ޖަލަށް ލުމުން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކާއި ކެމްޕެއިނު ހަރަކާތްތަކުގައި ވެސް ދެން އެމަނިކުފާނު އަރިހުގައި އެންމެ އިސް އެއް ބޭފުޅަކު ކަމުގައިވާ ހުސެއިން ވަހީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.

އެއީ މިހާރު ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ. އެކަމަކު ޔާމީން މިނިވަން ކުރަން މާ ބުރަ މަސައްކަތްތަކެއް ނުކުރާ ބަޔަކު އަރިހުގައި މިހާރު ގެންގުޅުއްވާތީ އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އަދިވެސް މީހުން ދަސްނުވާ ކަމަށެވެ.

ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު އަބްދުއްރަހީމް ކުރެއްވި މަސައްކަތްތަކުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ، އޭރު ލޯކަލް ކައުންސިލު އިންތިހާބުގެ ދުވަސްވަރު ކޮވިޑާ ގުޅިގެން ލޮކްޑައުން އަކަށް ގައުމު ދިޔައީ ވެސް ކެމްޕެއިން ހަރަކާތަކަށް ފ. އަތޮޅަށް ވަޑައިގަތުމަށް ބަނދަރު މަތީގައި ހުންނަވަނިކޮށް ކަމަށެވެ. އޭރު ލީޑަޝިޕްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ގެންދެވީ އަތޮޅު ތެރޭގައި ވެސް ކެމްޕެއިން ކުރައްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-