-Advertisement-

-Advertisement-

ގާޒާގައި ތިބި ޕްރޮފެސަރުގެ އާއިލާ ނެރުމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފި

ޑރ. ހަސަން އަލް ކޯދީ، ގެ އާއިލާ ގާޒާއިން ނެރުމަށް ބޭނުންވާ ފައިސާ ހަވާލުކުރުން.

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އޭނާ އަށް ފައިސާ ހަވާލުކޮށްފިއެވެ.

ހަނގުރާމައިގެ ތެރެއިން ނުކުތުމަށް އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. އޭނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ ‘ގޯ ފަންޑް މީ’ގައި އެކަމަށް ޕޭޖެއް ހުޅުވައިފަ އެވެ.

އަދި އޭގެ ފަހުން ހަސަން އަލް ކުރުދީ ވަނީ އައިއޭސީގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެކަމާ ގުޅިގެން އޭނާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އިއޭސީ އިން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ، ޑޮކްޓަރުގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަންޖެހޭ ހަރަދުތަކަށް ދައްކަން ޖެހޭ ފައިސާ މިހާރު އޭނާއާ ހަވާލުކޮށްފައިވާ ކަމަށާއި، އާއިލާ މިސްރަށް ގެންދިއުމަށް ފަހު، އެ މީހުން ރާއްޖެ އަށް ގެނައުމަށް ކުރަންޖެޙޭ ހަރަދުތައް ވެސް އައިއޭސީ އިން ކުރާނެ ކަމަށެވެ.

އައިއޭސީ އިން ވަނީ މީގެ ކުރިން 18 މާޗުގައި ޑރ. ކުރުދީގެ އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ޑރ. ކުރުދީ ވެސް މިހާރު ހުންނެވީ އޭނާގެ އާއިލާ ރަފަހުން ނެރެވޭތޯ މަސައްކަތް ކުރުމަށްޓަކައި މިސްރުގަ އެވެ.

ހަސަންގެ އަންބަކާއި އުމުރުން 20-13 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ތިބެ އެވެ. އެ އެންމެން ވެސް ތިބީ ހަނގުރާމައާ ގުޅިގެން ގާޒާގައި ތާށިވެފަ އެވެ.

މީގެ ކުރިން އެ އާއިލާ ރާއްޖެ އައިސްފައިވާއިރު އެ އާއިލާ ބޭނުންވަނީ މިހާރު ރާއްޖޭގައި އުޅުމަށެވެ. ހަސަން ވަނީ ރާއްޖޭގައި 8 އަހަރުވަންދެން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-