-Advertisement-

-Advertisement-

ސްކޫލްތަކަށް ކައުންސެލަރުން ތަމްރީނު ކުރަނީ

އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީގް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްކޫލުތަކަށް ބޭނުންވާ ވަރަށްސްކޫލް ކައުންސެލަރުންތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެެވެ.

ކުޑަކުދިން ބުލީކުރުމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވީ ބުލީ ކުރުމުގެ މައްސަލަތައް ސްކޫލްގައި ގިނަވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީވެންވާ ވަރަށްސްކޫލް ކައުންސެލަރުންނެތުން ކަމަށް ވިދާޅުވި އެވެ.

މިކަމުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ 225 ސްކޫލު ހުރި އިރު، އޭގެ ތެރެއިންސްކޫލް ކައުންސެލަރުންތިބީ އެންމެ 51 ސްކޫލެއްގައި ކަމަށެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް ކައުންސިލަރުން ތަމްރީނު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްމިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް އެކި ސްކޫލުތަކުން ބުލީކުރުމުގެ 26 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-