-Advertisement-

-Advertisement-

ގޭސްވެ ބަނޑު ފުއްޕަނީތަ؟ މި އޮތީ ކުރެވިދާނެ ބައެއް ކަންކަން

ގޭސްޓްރައިޓިސް އަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ސިއްހީ މައްސަލައެކެވެ. ގޭސްޓްރައިޓިސް ތަޙައްމަލްކުރާ ވަރަށް ގިނަ މީހުންނަކީ އެބަލީގެ ސަބަބުން ކެއުމަށް ވަރަށް ބޮޑަށް ދަތިވެ ހޮޑުލެވުމާއި ބަނޑުފުއްޕުން ފަދަ އުނދަގޫތަކާއި ކުރިމަތިވާ ބައެކެވެ. އަދި އަނެއްބައި މީހުންނަކީ އާންމު ދިރިއުޅުމުގައި ބަލީގެ އުނދަގޫތައް ކުރިމަތި ނުވިނަމަވެސް އިތުރު ބައްޔެއް ޖެހިއްޖެނަމަ ގޭސްޓްރައިޓިސްގެ ވޭން އިންތިހާއަށް ކުރިމަތިވާ ބައެކެވެ.

ސިއްހީ ނަމުން “ގޭސްޓްރިކް މިއުކޯސާ” ދިމާވެދާނެ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ނަމަވެސް، އާއްމުގޮތެއްގައި މިކަން ދިމާވަނީ މައިގަނޑު 2 ސަބަބަކުންނެވެ.

  • ބަނޑުގައި އުފެދޭ ހެލިކޯބެކްޓަރ ޕައިލޯރީގެ ބަނޑުގައިވާ ފަށަލައެއް ދުޅަވުން ނުވަތަ ގިރުމުން.
  • ނޮންސްޓިރޮއިޑަލް އެންޓި އިންފްލެމޭޓަރީ ބޭސް ބޭނުންކުރުމުން.

ގޭސްޓްރައިޓިސްގެ ފަރުވާތަކަށް ބަލާއިރު އެންމެ މުހިއްމު ކަމަކީ ގަޑިން ގަޑި އަށް ކެއުމާއި، ކެއުމަށް ފަރުވާތެރިވުމެވެ. އަދި މިކަމަށް ހާއްސަ ކުރެވިގެން ޑޮކްޓަރީ ފަރުވާ އާއި ބޭސް ހުންނަ ނަމަވެސް، ގޭސްޓްރައިޓިސް އަށް ފަރުވާ ކުރެވޭނެ “އެންޓި އިންފްލެމޭޓަރީ”، އެންޓި ބެކްޓީރިއަލް”، “އެންޓި އޮކްސިޑެންޓް”ގެ މާއްދާތައް ހިމެނޭ ތަކެއްޗަކީ އާއްމުކޮށް ލިބެން ހުނަނަ ތަކެއްޗެވެ. އަދި މިބަލީގެ ވޭން ކުޑަކުރުމަށާއި ބަލިން ފަސޭހަވުމަށް މި މާއްދާތައް ހިމެނޭ އަމިއްލައަށް ތައްޔާރުކޮށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ތިރީގައި ހިމަނާލަމެވެ.

1. އިނގުރު
ބަލީގެ އުނދަގޫތައް ކުޑަކުރުމަށް އިނގުރަކީ ވަރަށް ފައިދާކުރަނިވި އެއްޗެކެވެ. ތަފާތު އެކި ބުއިންތައް ތައްޔާރުކޮށްލެވޭ އިނގުރު އާއްމުގިތެއްގައި މީހުން ބޭނުންކުރަނީ މާމުއި އާއި އެކުގައެވެ. އެގޮތުން އިނގުރުން ސައި ތައްޔާރުކޮށްގެންނާއި އިނގުރު ދިޔައާއިއެކު މާމުއިއަޅައުގެން ބޭނުން ކުރެވިދާނެއެވެ. މީގެއިތުރުން ރޯއިނގުރު ހަފާލައިގެން ކެއުމަކީވެސް ބައެއް މީހުން ގޭހުގެ އުނދަގޫ ލުއި ކުރުމަށް ބެނުންކުރާ އެއްޗެކެވެ.

2. ދިރި
އިނގުރާއި އެއްގޮތަށް ދިރިވެސް ދިނަ މީހުން ބޭނުންކުރަނީ ސައި ތައްޔާރުކުރާހެން ފެނަށް އަޅައި އިރުކޮޅަކު ކައްކާލުމަށްފަހު މާމުޔާއި އެކީގައެވެ. މިބުއިން ހަފްތާއަކު 3 ފަހަރު ބޭނުން ކުރެވިދާނެއެވެ. ބައެއް މީހުން ދިރި ފެން ބެނުންކުރުމުގެ އިތުރުން ކެއުމުގެ ފަހުގައި ދިރި ހަފާލައިގެން ކެއުމަށް ވެސް އިޙްތިޔާރުކުރެއެވެ.

3. އަލުވި
ގޭސްޓްރައިސްގެ ފަރުވާ އަށް ބޭނުންކުރެވެނީ ރޯއަލުވީގެ ޖޫހެވެ. އަލުވީގެ ޖޫސް ނަގަނީ ތޮށިމަސައި ގާނާލުމަށްފަހު ފުރާނާލައިގެންނެވެ. މިގޮތަށް ނަގާ ޖޫސް ތާފަނާ ފެނުގެ ތެރެއަށް އަޅައިގެން ބުއިމަކީ މިބަލީގެ ފަރުވާއެކެވެ. އަލުވި ޖޫހުން ތައްޔާރުކުރެވޭ މި ބުއިން ދުވާލަކު 3 ފަހަރު ބޭނުން ކުރެވިދާނެއެވެ.

4. ޔޯގަޓް
ޕްލޭން ޔޯގަޓްއަކީ އެހެނިހެން ސިއްޙީ މައްސަލަތަކަށް ވެސް ފަރުވާ ކުރެވޭ އެއޗެކެވެ. ގޭސްޓްރައިޓިސްގެ އުނދަގޫ ވާނަމަ ޕްލޭން ޔޯގަޓް ކެއުމުން ބަލީގެ އަލާމާތްތައް ރަނގަޅުވެގެންދާނެއެވެ. މިގޮތަށް ބަލި ރަނގަޅުވަންދެންވެސް ކެއުމަށް ޔޯގަޓް ބޭނުންކުރެވިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-