-Advertisement-

-Advertisement-

‎ކުށްކުރާ ކުޑަކުދިންނަށް އަދަބުދޭ އުމުރު ހަގު ކުރުމަކީ، އޮތް ހައްލެއް ނޫން: ޕީޖީ

ޕްރްސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު ހަގު ކުރުމަކީ, ކުޑަކުދިން ކުށްކުރުމުގެ މައްސަލައަށް އޮތް ހައްލު ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމުގައި ޕްރޮސެކިއުޓަރޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް، ސަރުކާރުން ނިންމަވާފައިވާ ކަމުގައި ހޯމްމިނިސްޓަރު އިއުލާނުކުރެއްވުމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

މިގޮތުން ޕީޖީ  ޝަމީމް ވިދާޅުވީ، ޤާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރުކަމަށާއި، ނަމަވެސް، އޭގެ މާނައަކީއެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫންކަމަށެވެ.

ކުށްކުރާ ކުދިންނާއި މެދު ފިޔަވަޅު އެޅޭނެކަމަށާއި އެފަދަ، ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުހުރި ކަމަށާއި އަދި އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތްކަމަށާއި، މިހާރު ކުރަން އޮތް ހަމައެކަނި ކަމަކީ ފިޔަވަޅު އެޅުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، ކުޑަކުދިން ކުށްކުރާ މައްސަލަތަކުގައި އޮތް ހައްލަކީ، ރިހެބިލިޓޭޓްކޮށް ފަރުވާ ދިނުމާއި ރަނގަޅު މަގު ދައްކައިދިނުންކަމަށެވެ.

އަދި އެ ކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބިކަމަށާއި، ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެންޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށް ކަމުގައިވެސް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-