މިއަދުގެ އިރުކޭތަ ހިފަނީ ރާއްޖެ ގަޑިން ރޭގަނޑު 8:42 ގައެވެ. އެހެންކަމުން މި އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ.
މި ކޭތަ ރާއްޖެއަށް ނުފެނުނު ނަމަވެސް އެމެރިކާެގެ 32 މިލިއަން މީހުންނަށް މި އިރުކޭތަ ފުރިހަމައަށް ފެންނާނެއެވެ. އިރާ ދިމާއަށް ބެލުމަށް ހާއްސަ އައިނު ވިކެމުން ދާ އަދަދު ބޮޑުތަނުން އިތުރުވެފައި ވާ އިރު، އިރުކޭތަ އެންމެ ރީއްޗަށް ފެންނާނެ އެއް ސިޓީ ކްލީވްލޭންޑްގައި ހުންނަ ނާސާގެ އިދާރާ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ޖަމާވެފައެވެ.
މިއަދު އެމެރިކާއަށް އިރުކޭތަ ފެންނަ އިރު ފުރިހަމަ އިރުކޭރަ ފެންނަ ސަރަހައްދުގައި ރިރިއުޅެނީ 32 މިލިއަން މީހުންނެވެ. ބާކީ މީހުންނަށް ފެންނަނީ ފަޅިކޭތައެވެ.
ހަނދު ކޭތައެއް ހިނފަނީ ހަނދުމަސް ދެބައިވުމުން ކަމާމެދު އިލްމުވެރިންގެ ބަހުންނާއި ސައިންސުގެ އަލީގައި ހޯދުފައި ވާ އިރު އިރު ކޭތައެއް ހިފަނީ ހަނދުމަހެއް ނިމި އާ ހަނދުމަހެއް ފެށޭ ވަގުތު ކަމާމެދު އިއްތިފާގުވެއެވެ.
މި އިރުކޭތަ ބެލުމަށް ނާސާ އިން ވަނީ އިރުކޭތަ ފަހާ ދުއްވަން 2 ޖެޓަކާއި ރޮކެޓް ފޮނުވަން ތައްޔާރު ވެފައެވެ. ނާސާއިން ބުނަނީ މިބުގައި ތިބޭ މީހުންނަށް އިރުކޭތަ ފެންނާނީ 4 މިނެޓަށް ނަމަވެސް ދުލެވި ބާރު ޖެޓްތަކުގައި ކޭތަ ފަހަތުން ދުއްވުމުން 6 މިނެޓާ 22 ސިކުންތުގެ ވަގުތެއް ލިބިގެން ދާ ކަމަށެވެ.
ނާސާއިން ބުނީ މި އިރުކޭތައިން މޫސުމާއި ޖައްވާއި އަދި ފަލަކީ ނިޒަމުތަކާ ބެހޭ އެތައް މައުލޫމާތެއް ލިބޭނެ ކަމަށާއި މީގެ ކުރިން ކޭތައާ ގުޅޭގޮތުން ދެނެގަނެވިފައިނުވާ މައުލޫމާތުވެސް ލިބޭނެ ކަމަށެވެ.