-Advertisement-

-Advertisement-

ޕީއެންއެފް ޖަލްސާ: މަލީހު ބުނަނީ މާދަން ރޭ ޖަލްސާ ބާއްވާ، ޖަލްސާގައި ޔާމީން ބައިވެރިވާނެ ކަމަށް

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މާދަމާ ރޭ ޣިޔާސުއްދީން ސްކޫލްގައި މި ޖަލްސާ ބާއްވަން ހަމަޖައްސާފައި ވާއިރު، އެންމެ ފުރަތަމަ މި ޖަލްސާ ބާއްވަން ތާވަލު ކުރީ ވެސް އެ ތާރީހަށް އެ ސްކޫލްގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި، ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބާއްވާނެ އާ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީހީ ޖަލްސާ މާދަމާ ރޭގެ 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށާއި މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާކަމަށް މަލީހް ކުރި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކަރެކްޝަނުން ބުނީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ދީފައިނުވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 28 ވަނަ ދުވަހުގެރޭ ރަށު ބަންދަށް ޔާމީން ބަދަލުކުރިއެވެ. އެހެންވިޔަސް ވެސް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ނުދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-