-Advertisement-

-Advertisement-

‎އަހަރުގެ 8 ވަނަ ކްރޫޒްލައިނާ އިޓަލީއިން ރާއްޖެ އަތުވެއްޖެ

މާލެ އައިސްފައިވާ ކްރޫޒް ލައިނާރ. ފޮޓޯ. މަޔާ

މި އަހަރުގެ އަށް ވަނަ ކްރޫޒްލައިނާ އިޓަލީން ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ފަރާތުން މައުލޫމާތުލިބިފައިވާ ގޮތުގައި މިޔޮޓުގައި 2100 އެއްހާ މީހުން ރާއްޖެ އައިސްފައިވެއެވެ

މީގެ ތެރޭގައި 2148 ފަތުރުވެރިންނާއި 650 ކްރޫއިން އެ ކްރޫޒްލައިނާއިން އައިސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މެލޭޝިއާއިން ފުރައިގެން އެ ކްރޫޒްލައިނާ މާލެ އައިސްފައިވާނީ ހެނދުނު 6:30 ގައި އެވެ

މީގެއިތުރުން މާލެގައި ދެ ދުވަސް މަޑުކުރުމަށް ހަމަޖެހިފައިވާއިރު އެކި ބޭނުންތަކުގައި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ ފައިބާ އުޅެވޭނެއެވެ

އެމް އެސް އައިދިއާ ބެލާވަނީ މިދިޔަ ނޮވެންބަރު މަހުގެ ތޭރެގައި ވެސް މާލެއަށް އައިސްފައެވެ. އެފަހަރު ކްރޫޒްލައިނާއިން ޒިޔާރަތްކުރީ 2008 ފަތުރުވެރިންނާއި 600 ކްރޫއިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-