-Advertisement-

-Advertisement-

ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ދޭން މިނިސްޓަރުގެ ލިޔުމެއް ދީފި

ހައުސިން މިނިސްޓަރު ހައިދަރު / ފޮޓޯ: ހައުސިން

“ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓަރު ޑރ. ހައިދަރު އަހީ އަހުމަދުގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ސޮއިކޮށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހަވާލުކުރާ މި ލިޔުމުގައިވާ ބުނީ, ބިން ލިބުނު މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތި ހަވާލު ކުރާނެ ކަމަށެވެ. މިހާރު ދޫކޮށްފައިވާ ގޯތި ލިބިފައިވާ ކަމުގެ ލިޔުމުގައި ގޯތި ލިބޭ މީހުންނާއި ގޯތީގެ ބޮޑުމިން އަދި ގޯތީގެ ނަންބަރު ހިމެނޭނެ އެވެ.

މިނިސްޓަރު ސޮއިކުރައްވާ ބިންވެރިންނަށް ފޮނުވި ލިޔުމުގައި ބުނީ ގޯތީގެ ރަޖިސްޓްރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ވެސް ގޯތި ލިބިފައިވާ ކަމުގެ ލިޔުން ލިބި, އެ ލިޔުމުގައި ހިމެނޭ އިގްރާރުގައި ސޮއިކޮށްފައިވާނަމަ މިނިސްޓްރީއާއި އެ ފަރާތަކާ ގާނޫނީ ގޮތުން “ބަނދެވޭނެ” ކަމަށެވެ. އެހެންކަމުން, އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އިހްތިރާމުކޮށް, އެގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އެ ލިޔުމުގައިވެ އެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކުމުގެ މަސައްކަތް ކުރަމުން ދާ ގިރާވަރު ފަޅާއި އެއްބައި ހިއްކާ ނިމިފައި އޮތް ގުޅިފަޅާއި ހިއްކާ މީހުން އާބާދުވެފައި ވާ ހުޅުމާލެއިން 9001 ގޯތި ކަނޑާ ދީފައި ވެއެވެ.

މި ގޯތިތަކުގެ ތެރެއިން ހުޅުމާލެ އާއި ގުޅިފަޅުގައި ހިއްކާފައި އޮތް ސަރަހަދުން އިން ކަނޑާ ބައެއް ގޯތި ވަނީ އެ ގޯތިތައް ގުރުއަތުން ލިބުނު ފަރާތްތަކާ ހަވާލު ކޮށްފައެވެ. އަދި ގިިރާވަރު ފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެއިން ގޯތި ލިބޭ ގިނަ އަދަދެއްގެ ބަޔަކަށް ގޯތީގެ ރަޖިސްޓްރީވެސް ވަނީ ހަވާލު ކޮށްފައެވެ.

ތަފާތު ސަބަބުތަކާ ހުރެ ރަޖިސްޓްރީ އާ ހަވާލު ނުވާ މީހުން ތިބި އިރު، އެ މަސައްްކަތް ހިނގަމުން މިދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަނީ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-