-Advertisement-

-Advertisement-

މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުން 14 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި: ކަސްޓަމްސް

ކަސްޓަމްސް ބިލްޑިންގ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ  މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންސް ކަމަށާއި ދެން އެންމެ ގިނައީ ހިރޮއިންކަމަށެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ސިންތެޓިކް ކެތިނޯންސްގެ 6،544 ގްރާމް

  • ހިރޮއިންގެ 5،300 ގްރާމް

  • އެމްޑީއެމްއޭގެ 1،152 ގްރާމް

  • މެތަމްފެޓަމިންގެ 570 ގްރާމް

  • އެމްފެޓަމިންގެ 350 ގްރާމް އަތުލައިގަނެފައިވާ ކަމަށެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މިފަހުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 17 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-