-Advertisement-

-Advertisement-

ޕީއެންއެފް ޖަލްސާ އަށް ހުރަސް އަޅައިފި

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުރަސް އަޅާފައިވާ ކަމަށް ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުން ކަމަށާއި ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސްކޯލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ރޭގަ ކަރަންޓު ދޭން އައި ކުއްޖާވެސް ހުއްޓުވި ކަމަށާއި ކަނު އަނދިރީގަވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

އެގޮތުން ޖަލްސާ ހުއްޓުވުމުގެ ގޮތުން ސްޓެލްކޯއިން ކަަރަންޓު ނުދިން ކަމަށާއި ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ ކަރަންޓު ނުދިނަސް ޖަލްސާ ކުރިއަށްދާނެ ކަމަށެވެ. އަދި ޖަލްސާ ކުރިޔަށް ދާނީ ޕީއެންއެފްގެ އަމިއްލަ ކަރަންޓުގައި ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީގެ މުއައްސިސު ޒެއިން އަބްދުﷲ ޔާމީންވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޒެއިން ވިދާޅުވި ގޮތުގައި ޣިޔާސުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމަށް، އެފަދަ ޖަލްސާއަަކަށް ބޭނުންވާ ކަރަންޓް ވަކިން ބޭނުންންވާތީ ސްޓެލްކޯގައި އެދުމުން އެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިނުދީފަ އެވެ. އެހެންވެ، ޕީއެންއެފުން ވަނީ ވަކި ޖަނަރޭޓަރެއް އެ ސްކޫލަށް ގެންގޮސްފަ އެވެ.

އޭނާ ސިފަކެރެއްވި ގޮތުގައި އެހުރިހާ ކަމަކީ ޕީއެންއެފް އުފައްދައިގެން ސިޔާސީ ގޮތުން ވަކިން ހަރަކާތްތެރިވާތީ ސަރުކާރުގެ ތެރޭގައި ތިބި ބަޔަކަށް އެކަން “ހަޖަމް ނުވެގެން” ކުރާ ކަންތައްތަކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-