-Advertisement-

-Advertisement-

ރައީސް މައުމޫން މާދަމާ ޢީދު ސަލާމް ކުރައްވަނީ

ރައީސް މައުމޫން (2016) – ފޮޓޯ: އަވަސް

ރައީސް މައުމޫން ފިތުރު ޢީދުގެ ސަލާމް މާދަމާ ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.

އެކްސް ގައި ޕޯސްޓް ކުރައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ މާދަމާ މ. އެންދެރިމާގޭގައި ހެނދުނު 9:30 އިން 11:00 އަށް އެމަނިކުފާނާއި ބައްދަލު ކުރައްވާ އީދު ސަލާމް ކުރެއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާމް ކުރައްވާނެއެވެ. ހެނދުނު 9:30 އިން 10:30 އަށް ރައީސް އާއި ޢީދު ސަލާމް ކުރެއްވުން މުލިއާގޭގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-