-Advertisement-

-Advertisement-

މި ރަމަޟާން މަހު 30 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކުރި: ސައުދީ ހައްޖު މިނިސްޓްރީ

1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 27 ވިލޭރޭ މައްކާގެ މަސްޖިދުލް ޙަރަމް. ފޮޓޯ: އެސް ޕީ އޭ

1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި 30 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކޮއްފައިވާކަމަށް ސައުދީގެ ހައްޖެ އެންޑް އުމްރާ މިނިސްޓްރީ އިން ވަނީ ބުނެފައިއެވެ. 

ރަމަޟާން މަހަކީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު މައްކާގަ މާތް ބިމަށް އެއްވާ މަހެކެވެ. 2023 ވަނަ އަހަރު 13.5 މިލިއަން މީހުން ވަނީ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކޮއްފައިއެވެ. 

ސައުދީ ސަރުކާރުން އުމްރާވެރިންނަށް ފަސޭހަ ކަމާއި އެކުގައި ވިސާ ހޯދޭނެ ނިޒާމް މިދިޔަ އަހަރު ޑިސެންބަރުގައި ތައާރަފް ކުރުމުން މިއަހަރު ރަމަޟާން މަހު އަޅުކަން އަދާ ކުރަން ސައުދީއަށް ދިޔަ މީހުންގެ އަދަދު ވަނީ ވަރަށް ގިނަ ވެފައިއެވެ. ސައުދީ ސަރުކާރުން ތައާރަފް ކުރި އީ-ވިސާގެ ސަބަބުން އެމްބަސީއަކަށް ނުގޮސް އޮންލައިންކޮށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-