-Advertisement-

-Advertisement-

އެމްޑީޕީގެ ކެމްޕޭން ޓީމެއް ފުވައްމުލަކާއި އައްޑޫ ސިޓީއަށް!

ރައީސް ސޯލިހު ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ފުރައިވަޑައިގަންނަވަނީ – ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހު ހިމެނޭހެން އެމްޑީޕީގެ ކެމްޕޭން ޓީމެއް ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިއަދު ފުރައިފިއެވެ.

2024 ވަނަ އަހަރުގެ މަޖުލީސް އިންތިހާބަށް 10 ދުވަސް ވެފައިވާއިރުގައި  ބާކީ މި އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އެމްޑީޕީގެ ކެމްޕޭން ޓީމްތަށް ދަތުރު ކުރާނެ ކަމަށް މި އިންތިހާބަށް އެމްޑީޕީއިން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ ކުރިން ވިދާޅުވެފައިއެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިއަދު ފެށި ދަތުރުގައި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްވެސް ހިމެނި ވަޑައިގަންނަވައެވެ.

ވާދަވެރި އެމްޑީޕީ އާއި ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އިން ވެސް ދަނީ ރަމަޟާން މަހަށް ފަހު ކެންޕޭން ހަރަކާތްތަށް އިތުރަށް ފުޅާކުރަމުންނެވެ. ރަމަޟާން މަހުގައި ރައީސް ޑރ. މުއިއްޒު ވަނީ މާލޭ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވާ އެދާއިރާއެއްގެ ކެންޑީޑޭޓާއި އެކުގައި ދާއިރާގެ މީހުންނާއި ބައްދަލުކުރައްވާފައިއެވެ. އަދި ހަމަ އެއާއި އެކު އެކި ދާއިރާ ތަކުގެ ޖަލްސާ ތަކުގައިވެސް ރައީސް ޑރ. މުއިއްޒު ވަނީ ބައިވެރި ވަޑައިގެންފައިއެވެ.

މި އަހަރު ބައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ 20 އޭޕްރީލްވާ އާދިއްތަ ދުވަހުގައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-