-Advertisement-

-Advertisement-

ރައީސް ޑރ. މުއިއްޒު ލ. އަތޮޅާއި އައްޑުއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުއިއްޒު /ފޮޓޯ: ރައިސްއޮފީސް

ރައީސް ޑރ މުހައްމަދު މުޢިއްޒު، ހައްދުންމައްޗާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ހައްދުންމަތީ މާވަށް އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާއިރު މި ދަތުރަށް ފަހު މާދަން ރައީސް ވަނީ އްޑޫސިޓީއަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާގޮތަށް ހަމަ ޖެހިފައެވެ.

މި ދެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-