-Advertisement-

-Advertisement-

ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފުކޮށްދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ލ. ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން ލޯނު ނެގި ކަމަށާއި އެ ލޯނުތަކުގެ އިންޓްރެސްޓް އަރަމުން ގޮސް މިހާރު އެ ލޯނު ނެގި ފަރާތްތަކަށް ނުކަތާ ވަރަށް އިންޓްރެސްޓް އަރާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއި ދޭން ކަމަށާއި ސަރުކާރުން ދަނީ ފައިސާ ޗާޕުނުކޮށް ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނި ދައްކަމުން އަދި ސަރުކާރުގެ ކުންފުނިތަކުން، އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާތައް ހަވާލުކުރަމުން ކަމަށެވެ.

އެހެންވީމާ އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން. ކޮވިޑުގެ ލޯނު ނަގައިގެން އެ އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު އޮތީ ނިންމާފައި. އެ ލޯނު ނެގި ހުރިހާ މީހުންނަށް އިންޓްރެސްޓް މާފުވާނެ. ދެން އެ ލޯނު ނެގި ފަރާތްތަކަށް އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޗްޑީއެފްސީއަށް، އެ ބޭންކަށް އެޗްޑީއެފްސީ ބޭންކަށް އެޕްލައިކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަކޮށްފައި އެގްރީމެންޓް ހެދީމަ ލޯނު މާފުވާނެ. އިންޓްރެސްޓް މާފުވާނެ.– ރައީސް

ކުރީ ސަރުކާރުން އެ އިންޓްރެސްޓު މާފުކޮށްދޭނެ ކަމަށް ބުނެފައިވިޔަސް އެކަން ކޮށްދީފައިނުވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރުން ކަންކަން ކުރާނީ އިންތިހާބު ބޯމަތިވުމަކުން ނޫން ކަމަށާއި މި ސަރުކާރުން ވަނީ އެ ލޯނުތަކުގެ އިންޓްރެސްޓު މާފުކުރުމުގެ މަސައްކަތް މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައިކޮށް އެކަމުގެ ހުރިހާ ކަމެއް ނިންމާފައި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-