ތުއްތު އިރުން ފެށިގެން ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ޒިންމާއެއް: ހުތުބާ

ހުކުރު ހުތުބާ ދެނީ --

ތުއްތު އިރުން ފެށިގެން ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެންމެ ތުއްތުއިރުން ފެށިގެން ގޭތެރެއިން ނަމާދު ކުރާ މަންޒަރު ކުދިންނަށް ފެންނަ ނަމަ، ނަމާދު ކުރުމަށް އާދަވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ބަންގި ގޮވާ އަޑު އިވުމުން “ދަރިފުޅާ، ނަމާދަށް ދާށޭ” ބުނުމުގެ ބަދަލުގައި ދަރިފުޅާއެކު ނަމާދު ކުރާ ބައެއް ކަމުގައި ބެލެނިވެރިން ވާންޖެހޭ ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން އެންމެ އިސްކަން ދޭން ޖެހޭނީ ނަމާދަށް ކަމަށާއި ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެ އެވެ.

އަދި ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަންޖެހޭ ކަމެއް ކަމުގައި އިހުސާސް ކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ހުތުބާގައި ބުނީ ގޭތެރެއިން ނަމާދު ކުރާ މަންޒަރު ކުދިންނަށް ފެންނަ ނަމަ، ނަމާދު ކުރުމަށް އާދަވާނެ ކަމަށާއި އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުދިން ދަސްކުރާނެ ކަމަށާއި އެއަށްފަހު ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ތަކެތި ދަސްކުރަން ކުދިން މަސައްކަތް ކުރާނެ ކަމަށެވެ.

ހުތުބާގައި ބުނީ މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް ކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއް ކަމަށެވެ.

ގުޅުންހުރި