ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގޮނޑި ދޭންވީ ޑިމޮކްރެޓްސް އަށްކަމަށާއި ފާރަވެރިވާން އެނގޭނީ ޑިމޮކްރެޓްސްއަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީއަށް ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ކޮންޓްރެކްޓަކަށްޓަކައި މަޖިލީހުގެ ގޮނޑިތައް ވިއްކާލާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ގޮނޑި ދޭންވީ ޑިމޮކްރެޓްސް އަށް. ފާރަވެރިވާން އެނގޭނީ އަދި ފާރަވެރިވާނީ ޑިމޮކްރެޓްސް.– ރައީސް ނަޝީދު
ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ.