-Advertisement-

-Advertisement-

އިޒުރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ކިތަންމެ ޕްރެޝަރެއް ކުރިއަސް ވިއްކުން ހުއްޓާލާކަށް ނުވިސްނަން: ޑޭވިޑް ކެމަރަން

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން

އިޒުރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާ އިނގިރޭސިވިލާތަށް ކިތަންމެ ޕްރެޝަރެއް ކުރިއަސް ވިއްކުން ހުއްޓާލާކަށް ނުވިސްނާކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެ އެވެ.

ކެމަރަން މިފަދައިން ވިދާޅުވީ އެމެރިކާގެ ވޮޝިންގްޓަންގައި އެ ގައުމުގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ހުރި ގާނޫނުތަކަށް ރިއާޔަތްކުރެއްވުމަށް ފަހު އަދި އިދާރީ ގޮތުން ހޯއްދަވަންޖެހޭ ލަފާތަކަށްފަހު ހަތިޔާރު ވިއްކުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، އިޒުރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާ މެދު ލަންޑަނުން އަމަލުކުރަމުން އަންނަ ސިޔާސަތަށް އަދި ބަދަލެއް ނާންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކެމެރަން ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންފައި އޮތް އިރުޝާދުގައިވެސް ހަތިޔާރު ވިއްކުން ހުއްޓާލާ ވާހަކަ ނެތް ކަމަށެވެ. ނަމަވެސް އިޒުރޭލަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އޭނާއަށް ލިބިވަޑައިގެންފައި އޮތް އިރުޝާދަކީ ކޮބައިކަން ކެމެރަން ވިދާޅެއް ނުވެއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ޒަޔަނިސްޓް އިޒުރޭލުން ހިންގަމުން ގެންދާއިރު އެކަމަށް ވާގިވެރިވުމުގެ ގޮތުން އިނގިރޭސިވިލާތުން ހަތިޔާރު ފޯރުކޮށްދިނުމަކީ ހިތާމަހުރި ކަމެއް ކަމަށް ލަންޑަންގައި މިކަމާ ދެކޮޅަށް ޝުއޫރުފާޅުކުރާ މީހުންވަނީބުނެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-