-Advertisement-

-Advertisement-

އީރާނުން އިސްރާއީލަށް ހަމަލާދޭނެ – ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން. ފޮޓޯ: ދި ޓެލެގުރާފް

ލަސްތަކެއް ނުވެ އީރާނުން އިސްރާއީލަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

1 އޭޕްރީލްގައި އިސްރާއީލުން ސީރިޔާގެ ވެރިރަށް ދިމިޝްގު ގައި ހުންނަ އީރާންގެ އެމްބަސީއަށް ހަމަލާދީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ 7 މެންބަރުން ވަނީ މަރާލާފައެވެ. މި ހަމަލާއާއި އެކުގައި އިރާންއާއި އިސްރާއީލްގެ ދެމެދުގައި ވަނީ މައްސަލަ ވަރަށް ގޯސްވެފައިއެވެ. އަދި މި މައްސަލަތަ ތަކުގެ ސަބަބުން މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފެތުރިދާނެކަމުގެ ބިރު ހީވެފައިއެވެ.

މިރޭ ހިޒްބުالله ޖަމާއަތުން ވަނީ އުތުރު އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާފައިއެވެ. ގާތްގަނޑަކަށް 50 ރޮކެޓް މިސައިލް މިރޭ އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

މިރޭ ހިޒްބުالله ޖަމާއަތުން ދިން ހަމަލާ – ފޮޓޯ: އެކްސް

މި މިސައިލް ހަމަލާތަކާއި އެކުގައި އުތުރު އިސްރާއީލް ނުރައްކަލުގެ ހާލަތަށް ގެނެސްފައިވި ނަމަވެސް މި މިސައިލްތައް ވަނީ ޔަހޫދީގެ އަޔަން ޑޯމްއިން ހަލާކު ކޮއްލާފައިއެވެ. އަޔަން ޑޯމް އަކީ ޒައިނިސްޓް ޔަހޫދީން އެމެރިކާގެ އެހީގައި ރޮކެޓް މިސައިލްތަކުން ދިފާއު ވުމަށް ހަދާފައިވާ އަސްކަރީ ހަތިޔާރެކެވެ. މި ހަމަލާގައި ޔާހޫދީއެއް މަރުވެފައިވާ ކަމަށް ރިޕޯޓްކޮއްފައިނުވެއެވެ.

އީރާން އިންވެސް އިސްރާއީލަށް ބޮޑު ހަމަލާއެއްދޭނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ހަމަލާތައް ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައިވެސް ފެށިދާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުންވެސް ވަނީ އީރާންގެ ހަމަލާތަކަށް ފާރަވެރިވުމަށް އިސްރާއީލަށް ގޮވާލާފައިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިރޭ ބުނެފައިވަނީ ލަސްތަކެއްނުވެ އީރާންއިން އިސްރާއީލަށް ހަމަލާދޭނެ ކަމެވެ. އަދިވެސް ގޮވާލަނީ އީރާނަށް އެކަން ނުކުރަން ކަމަށެވެ.

”އަހަރުމެން މިތިބީ އިސްރާއީލު ދިފާއު ކުރުމަށް.. އަހަރުމެން އިސްރާއީލަށް ތާއީދު ކުރާނަން.. އިސްރާއީލް ދިފާއު ކުރުމަށް އެހީތެރިވެދޭނަން އަދި އީރާނަށް ކާމިޔާބެއް ނުލިބޭނެ،“ ބައިޑަން ބުނެފައިވެއެވެ.

ގިނަ ގައުމުތަކަކުން މި ހަމަނުޖެހުންތަކާއި އެކުގައި އެ ގައުމުތަކުގެ ރައްޔިތުން މިސަރަހައްދަށް ދަތުރުކުރުން ވަނީ މަނާ ކޮއްފައިއެވެ. އެމެރިކާ, ފްރާންސް, އިންޑިއާ, އިންގިރޭސިވިލާތުން މިހާރުވެސް ވަނީ ދަތުރުފަތުރުގެ އިންޒާރު ނެރެފައެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ފާއިތުވި 6 މަސް ދުވަހު ވަނީ ފަލަސްތީނުގެ އެކި ތަންތަނަށް ހަމަލާދީ އެތައް ހާސް ފަލަސްތީނު ރައްޔިތުން ޝަހީދުކޮއްލާފައިއެވެ. ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 33,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮއްލާފައިއެވެ. މީގެ ތެރޭގައި 13,000 ކުޑަކުދިންނާއި 8000 އަންހެނުން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-