ރަމަޟާން މަހުގެ ފަހިދިހައަކާއިއެކު އީދު ޗުއްޓީގެ ބަންދަށްފަހު އޮފީސްތަކަށް މިނިމިގެން ދިޔައީ ވަރަށް ދިގު ޗުއްޓީއެކެވެ. ހިތްހަމަޖައްސާލައި އަރާމުކޮށްލައި، “ޑައިނެމިކް ވޯކް ޝެޑިއުލް” އިން އެއްފަރާތްވެލައިގެން ދުވަސްކޮޅަކަށް އުޅެލުމަށްފަހު މަސައްކަތަށް ނިކުންނައިރު މީހާ ހަމައަކަށް ނޭޅި ހުރުމަކީ ވަރަށް އާއްމުކަމެކެވެ.
ތިރީގައި މިވަނީ ޗުއްޓީ އަކަށްފަހު ހަމަޖެހިލައި ފަސޭހަކަމާއިއެކު މަސައްކަތަށް ނިކުތުމަށް އެހީވެދޭން 05 ކަމެކެވެ.
1. ޗުއްޓީ އަށް ދާއިރު ހިނަގަމުންދާ މަސައްކަތްތަކުގެ ލިސްޓެއް ތައްޔާރުކޮށް އެންމެ މުހިއްމު މަސައްކަތްތައް ފާހަގަކޮށްލުން
ހަޤީޤަތަކީ އަހަރުމެންގެ “ވޯރކް ލައިފް”އަކީ ދިރިއުޅުމާއި ވަކި ނުކުރެވޭ ޙިއްސާއެކެވެ. ވީމާ ޗުއްޓީއަކަށް ފަހު މަސައްކަތް ކުރިއަށްގެންދިއުމަށް ފަސޭހަކުރުމަށް ވިސްނާއިރު އެކަމަށް ތައްޔާރުވެގެން ޗުއްޓީ އަށް ދިއުމަކީވެސް މުހިއްމުކަމެކެވެ. މީގެ ސަބަބުން، މަސައްކަތަށް ނިކުންނައިރު މީހާ ބްލޭންކްވުމުގެ ބަދަލުގައި މަސައްކަތްތަކުގެ ކުރިއެރުންތަކަށް ބަލައި ކުރިއަށްދިއުމަށް ފަސޭހަވެގެންދާނެއެވެ.
2. އެންމެ މުހިއްމު މަސައްކަތް އެހެން މުވައްޒަފުންނާއި ހަވާލުކުރުންޗުއްޓީއަކަށް ފަހު މަސައްކަތް ފެށިގެންދާއިރު، އާރޖެންޓް މަސައްކަތްތައް ވަގުތަށް ނިންމުމަކީ ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމެކެވެ. މަސައްކަތަށް އެނބުރި އައުމުގެ ޓްރާންޒިޝަން ޕީރިއަޑްގައި މިފަދަ މަސައްކަތްތައް ޓީމްގެ އެހެން މެމްބަރުންނަށް ހަވާލުކޮށްގެން ކުރިއަށްގެންދިއުމަކީ މަސައްކަތްތައް ލަސްނުވެ ހަލުވިކަމާއިއެކު ކުރިއަށްގެންދިއުމަށް އެހީވެދޭނެކަމެކެވެ.
3. ކުރަންހުރި މަސައްކަތްތައް ރަވާލުން
މަސައްކަތްތަކަށް އަހުލުވެރިވެ ފަސޭހަކަމާއިއެކު ކުރިއަށްދިއުމަށްޓަކައި ފަރުވާތެރިކަމާއިއެކު މަސައްކަތްތައް ރާވާލަންވާނެއެވެ. ކުރަންހުރި މަސައްކަތްތައް ފެންނާނެހެން “ޓުޑޫ ލިސްޓެއް” ތައްޔާރުކޮށްލައި، މަސައްކަތް ކުރާތަން ތަރުތީބުކޮށް، މަސައްކަތަށް ބޭނުންވާ ސާމާނު ހަމަކޮށްލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
4. މަސައްކަތުގެ ކަލަންޑަރު އަޕްޑޭޓްކުރުން
ކުރަންހުރި މަސައްކަތްތަކާއި އެއްމެ މުހިއްމު މަސައްކަތްތަކާއި ހިނގަމުންދާ މަސައްކަތްތައް ވަކިކޮށްލައި ތާވަލު ކުރެވިފައިފާ ތާރީޚްތަކާއި އެކު ކަލަންޑާރެއް ހަދާލުމަކީވެސް ވަރަށް ގިނަ މީހުން މަސައްކަތް ހަލުވިކުރުމަށް ގެންގުޅޭ އާދައެކެވެ. މެދުކެނޑުމަކަށްފަހު މަސައްކަތަށް ނިކުންނައިރު، އެއްވެސްކަމެއް އުނިނުވާގޮތަށް މަސައްކަތް ކުރުމަށާއި ނިމެމުންދާ މަސައްކަތްތައް ފާހަގަ ކުރެވޭނެހެން މަސައްކަތުގެ ކަލަންޑަރު ބޭނުންކުރުމަކީ ވެސް މިކަމަށް އޮތް އާލާތެކެވެ.
5. މަޑުމަޑުން ކުރިއަށްދިއުން
ޗުއްޓީއަކަށްފަހު މަސައްކަތްތައް ފެށުމަށް ކޮންމެ މީހަކަށްވެސް ވަގުތުކޮޅެއް ނަގާނެއެވެ. މުހިއްމީ ހަމަޖެހިލައިގެން މަޑުމަޑުން މަސައްކަތް ކުރިއަށް ގެންދިއުމެވެ. ހުރިހާ ކަމެއް ވަގުތުން ނުނިންމޭނެއެވެ. އަދި ހުރިހާ ކަމެއް އެކަނިވެސް ނުކުރެވޭނެއެވެ. މަޑުމަޑުން ފަށައިގެން ކުރިއަށްދާށެވެ.