-Advertisement-

-Advertisement-

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި މާލެ ފެނު އަޑީގައި

މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލެ މަގުމަތީގައި ފެން ބޮޑުވެފައި – ފޮޓޯ: ނިއުސްލެބް

މިއަދު ހަވީރު 4 ޖެހި އިރުންފެށިގެން މާލެ ސަރަހައްދަށް ކުރަންމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެއެވެ.

ހދ. އޮތުޅުން ފިށެގެން ފ އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީދޫ ސަމާލް (ލެވެލް 2) މިއަދު ހަވީރު 16:15 އިން 20:15 އަށް ނެރެފައިއެވެ. އަދި މުޅި ރާއްޖެއަށްވެސް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ އީދާރާއިން ވަނީ ބުނެފައިއެވެ.

ފެން ވަނުން ހުއްޓުވުމަށް ބަސްތާ ޖަހާފައި – ފޮޓޯ: ނިއުސްލެބް

މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވުމާއި އެކު އެމްއެމްޑީއެފް އިން މިހާރުދަނީ މަގުތަކުންނާއި, ގެތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެން ވަނުން ހުއްޓުވުމަށް ވެލި ބަސްތާވެސް ޖަހަމުންނެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މިހާތަނަށް 14 ގެއެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ކުރަމުން އަންނަކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-