-Advertisement-

-Advertisement-

އޮސްޓްރޭލިއާގެ މޯލެއްގައި ވަޅިން ދިން ހަމަލާ: 6 މީހުން މަރާލައި, 9 މަހުގެ ކުއްޖަކަށް އަނިޔާވެއްޖެ

ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގެ ވެރިރަށް ސިޑްނީގެ މޯލެއްގެ ތެރޭގައި މީހަކު ވަޅިން ހަމަލާދީ ގިނަ ބަޔަކު ޒަހަމްކޮށް 6 މީހަކު މަރާލައިފި އެވެ.

ސިޑްނީގެ ނިއު ސައުތު ވޭލްސްގެ ޕޮލިސް އިން މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތްދެމުން ބުނެފައިވަނީ ހަމަލާދިން މިހާއާއި ފުލުހުންއި ދެމެދުގައި ހިންގި ކުރިމަތިލުމުގައި އޭނާގަޔަށް ފުލުހުން ބަޑިޖަހާ މަރާލާފައިވާ ކަމަށެވެ. “ފުލުހުންގެ އެންގުމަށް އިޖާބަނުދީ އަތުރު ބަޔަކަށް ހަމަލާދޭން އުޅުމުގެ ތެރޭގައި ފުލުހުން އޭނާ ގަޔަށް ވަނީ ބަޑި ޖަހާފައި” އެސިސްޓެންޓް ކޮމިޝަނަރު އެންތަނީ ކުކް ބުނެފައިވެއެވެ.

މިއަދު މެންދުރު ފަހު 3:30 ހާއިރު ހިނގި މިހާދިސާގައި 8 މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންއެބަދެއެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި 9 މަހުގެ ތުއްތު ކުއްޖެއްވެސް ހިމެނެއެވެ. އެ ކުއްޖާ މިހާރު ދަނީ ސާޖަރީއެއް ކުރަމުން ކަމަށް ފުލުހުން މައުލޫމާތް ދީފައިވެއެވެ.

މޯލްގައި ހުރި ސީސީޓީވީ ކެމެރާތަކުން މި މީހާ ވަޅިއެއް ހިފައިގެން މީހުން ފަހަތުން ދުވާތަން ފެނެއެވެ. އަދި އޭނައަށް ނަސޭހަތްދީ ހަމަޖައްސަން މީހުން އުޅޭތަންވެސް ފެނެއެވެ. އޭނާ ވަޅިން ހިފައިގެން މޯލްތެރެއަށް ވަދެ ހަމަލާދީފައިވަނީ ކޮން މަގްސަދެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ މޯލް މާދަމާ ބަންދުކޮށް ފުލުހުން މި މައްސަލަ ތަހިގީގު ކުރަމުންދާ ކަމަށް ސިޑްނީގެ ނިއު ސައުތު ވޭލްސްގެ ޕޮލިސް ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-