-Advertisement-

-Advertisement-

16 ދުވަހުގެ ބަންދަކަށްފަހު ސަރުކާރު މިއަދު ހުޅުވަނީ

ވެލާނާ ބިލްޑިންގް – ފޮޓޯ: އަވަސް

ރަމަޟާން މަހުގެ ފަހު ދިހައަކަށް ސަރަކާރު ރަސްމީކޮށް ބަންދު ކުރުމަށްފަހު މިއަދު ސަރުކާރު ހުޅުވާނެއެވެ.

ފިތުރު ޢީދު ބަންދާއި އެކުގައި ސަރުކާރުގެ މުވައްޒަފުންނަށް ބޮޑު ޗުއްޓީއެއް ވަނީ ލިބިފައިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 އަކަށް ވަނީ ސަރުކާރު ބަންދުކޮއްފައިއެވެ. ރައީސް ވަދާޅުވީ ރަމަޟާން މަހުގެ ފަހު 10 ބަންދު ކުރަން ނިންމެވީ ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތުދެއްވުމަށްޓަކައި ކަމަށެވެ.

މި ލިބިގެންދިޔަ ބަންދާއި އެކުގައި އަހަރުތެރޭގައި އެންމެ މަދު ދުވަސްތަކަކަށް ސަރުކާރު ހުޅުވާ މަހަށް އޭޕްރީލް ވެގެންދާނެއެވެ. ރަމަޟާން މަހުގެ ފަހު 10 އަކާއި ޢީދު ބަންދާއެކުގައި އޭޕްރީލް 13 ދުވަސް ސަރުކާރު ބަންދެވެ. އަދި އެއާއި އެކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އޭޕްރީލް 21- 22 ވެސް ބަންދުވާނެއެވެ. މީގެ އިތުރުން އެ ހަފްތާ އާއި ކުރިއަށް އޮތް ހަފްތާގެ ހުކުރު ހޮނަހިރު ދުވަސްތަކަށް އުނި ކޮއްލުމުން އޭޕްރީލް މަހުގައި ސަރުކާރު ހުޅުވާނީ އެންމެ 11 ދުވަހުއެވެ.

ސަރުކާރު ރަސްމީކޮށް ބަންދުކޮއްފި ވި ނަމަވެސް ކޮންމެހެން ދޭ ޖެހޭ ހިދުމަތްތައް ސަރުކާރުގެ އޮފީސްތަކުން މި ރަމަޟާން މަހުގެ ފަހު 10 އެއްގައި ދީފައިވާކަން ފާހަގަ ކޮއްލެވެއެވެ. ހިދުމަތް ލިބުމުގައި ކުޑަ ލަސްތަކެއް މެދިވެރިވި ނަމަވެސް ކޮންމެހެން ލިބެންޖެހޭ ހިދުމަތްތަށް ވަނީ ފޯރުކޮއްދީފައެވެ.

ނިމަދިޔަ ސަރުކާރުން ވެސް ސަރުކާރުގެ ހިދުމަތްތަކަށް އާންމުން އެދި ހުށައެޅުމަށް ޒަމާނީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކޮއްފައިވާކަން ފާހަގަ ކޮއްލެވެއެވެ. އެގޮތުން ކޮވިޑް 19ގެ ބަލިމަޑުކަމަށް ފަހުގައި ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް އެދުމުގެ އިންތިޒާމް ވަނީ ގާއިމް ކޮއްފައިއެވެ. އެގޮތުން ޕާސްޕޯޓަށް އެދި ހުށައެޅުން, އައިޑީކާޑަ އެދި ހުށައެޅުން, އެއްގަމު އުޅަނދުތައް ދުއްވުމުގެ ހުއްދައަށް އެދި ހުށައެޅުން ފަދަ ހިދުމަތްވަނީ އޮންލައިން ކޮއްފައިއެވެ. އަދި ރައްކާތެރި ކަމާއި އެކުގައި މި ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ވަނީ އީފާސް – ޑިޖިޓަލް އައިޑީ ވެސް ތާރަފް ކޮއްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-