-Advertisement-

-Advertisement-

މެގަޓްރޯން މޮޓޯސްއިން އިތުރު މީހެއްގެ އަތުން ފައިސާ ނެގިތޯ ފުލުހުން ބަލަނީ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މެގަޓްރޯން މޮޓޯސްއިން އިތުރު މީހެއްގެ އަތުން ފައިސާ ނެގިތޯ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

ފުލުހުން ބުނީ އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ އެކަން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މީގެކުރިން ވެސް ބަގީއާއި ޕިކަޕް ކާރު ފަދަ ތަކެތި ގެެނެސްދޭނެ ކަމަށް ބުނެ ފައިސާ ނަގާ އޮޅުވާލާފައިވާ މައްސަލަތައް ތަހުގީގުކޮށް، ކޯޓުން ހުކުމްކޮށްފައިވެސް އެބަހުއްޓެވެ.

އެހެންކަމުން ފުލުހުން ވަނީ މި ތަކެތި ގަތުމުގައި އިތުބާރު ހުރި ފަރާތްތަކުން ނެގުމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-