-Advertisement-

-Advertisement-

އައްޑޫގެ ހަންކެޑެ މަޝްރޫ ލޯންޗުކުރުން މާދަމާ ރޭ!

އައްޑޫ ސިޓީ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫ މާދަމާ ރޭ ލޯންޗްކުރަން ނިންމައިފިއެވެ.

ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރު ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެމްއެފްއެމްސީ އިން މިއަދު ބުނީ މަޝްރޫއު ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ހަންކެޑެ ސައިޓްގައި މާދަމާ ރޭ 8:30 ގައި ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެމްއެފްއެމްސީން ކުރި ޓުވީޓެއްގައި ބުނީ ހަންކެޑެ ތަރައްގީކުރަން ފެށުމަކީ އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ ބިންގާ އެޅުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެ މަޝްރޫއެއް ކަމަށް އެމްއެފްއެމްސީން ވަނީ ބުނެފައެވެ.

ހަންކެޑެއަކީ ޓޫރިޒަމް އާމްދަނީ އިތުރުކޮށް އިގްތިސާދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެކެވެ. ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއަށް ޗައިނާގެ ބޭންކަކުން 42 މިލިއަން ޑޮލަރު (647.8 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައިވާއިރު މި މަޝްރޫއުގެ ދަށުން، ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ހަންކެޑެ މަޝްރޫއު މި ސަރުކާރުން މާދަމާ ރޭ އިފުތިތާހު ކުރަން ނިންމި އިރު، އެ މަޝްރޫއު ނުފަށައި ލަސްވާތީ އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-