-Advertisement-

-Advertisement-

“އޭވިއޭޝަން ފޯރަމް” މި މަހު 27 ގައި

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް ހާއްސަކޮށްގެން މި އަހަރު ބާއްވާ “އޭވިއޭޝަން ފޯރަމް” މި މަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ސަރުކާރާއި އަމިއްލަ ފަރާތަތްކުން ބައިވެރިވާނެ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިންތަކާއި އެއާޕޯޓްތައް ހިންގާ ކުންފުނިތައް ހިމެނެ އެވެ.

މި އަހަރުގެ “އޭވިއޭޝަން ފޯރަމް” މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް މަޓާޓޯ އިން އެންޑޯޒްކޮށްފައިވެ އެވެ.

މި ފޯރަމްގައި ވައިގެ ދަތުރުގެ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަމާއި އެ ދާއިރާ އިތުރަށް ފުޅާކޮށް، ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މަތީ ފަންތީގެ ޕެނެލް ޑިސްކަޝަންތަކާއި މަތީ ފަންތީގެ ބިޒްނެސް ނެޓްވޯކް ސެޝަންތަކުގެ އިތުރުން ދާއިރާގެ ކީ ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހި ކުރުން ފަދަ ކަންކަން ފޯރަމްގެ ތެރޭގައި ކުރިއަށް ދާނެ އެވެ.

އޭވިއޭޝަން ދާއިރާ އަކީ ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ދާއިރާއެކެވެ. އެގޮތުން ޕްރައިވެޓް އެއާލައިންތައް ވެސް އުފެދި، ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ވެސް ދަތުރުތައް ކުރަމުން އަންނަ އިރު، ރާއްޖޭގައި މިދިޔަ މަހު މުޅިން އަލަށް ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ފަށައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-