ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށްބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ އުތުރުގެ ތިން އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސެންސް ނެގުމުގެ ހިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސެންސް ފީ ބަލައިގަންނަމުން އައީ ޓްރާންސްޕޯޓްމިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ.
ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން މިހާރުނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށް ކަމަށް އަމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑު އުޅަނދު ރަޖިސްޓްރީކޮށްގެން ގެންގުޅެން ޖެހޭއިރު އޭގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓް ކޮންމެއަހަރަކު އެއް ފަހަރު އާ ކުރަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ނަމަވެސް ކޮންމެ އަހަރަކު ދޯނިތަކުގެ ސޭފްޓީ ބަލަމުންދާނެ އެވެ.