-Advertisement-

-Advertisement-

‎ރެސިޕީ: އޯޓްސް ބަނާނާ ބްރެޑް މަފިންސް

ރޯދަ މަސް ނިމުނު ކަމުގަައި ވިޔަސް މީރު ފޮނި އެއްޗެހި ހަދައިގެން ކެއުމަށް ނިމުމެއް ގެންނާނެ ކަމެއް ނެތެވެ.

އެ ގޮތުން މިއަދު މި ކިޔައި ދެނީ އޯޓްސް ބަނާނާ ބްރެޑް މަފިންސް ތައްޔާރު ކުރާނެ ގޮތެވެ

ބޭނުންވާނެ ތަކެތި
½2 ޖޯޑު އޯޓްސް (މުގުރާފައި)
1 ޖޯޑު ގްރީކް ޕްލެއިން ޔޯގަޓް
ޖޯޑު މާމުއި
1 ޖޯޑު ޑާކް ޗޮކްލެޓް ޗިޕްސް
½ ޖޯޑު ކެޝޫ ނަޓްސް (ކޮށާފައި)
3 ދޮންކެޔޮ
3 ބިސް
½1 ސައިސަމުސާ ބޭކިން ޕައުޑާ
½ ސައިސަމުސާ ބޭކިން ސޮޑާ
1 ސައިސަމުސާ މުގުރި ފޮނިތޮށި

ނޯޓްމި ރެސިޕީއަށް އެ ބޭފުޅަކު ބޭނުން ވައްތަރެއްގެ އިންސްޓެންޓް އޯޓްސް އަދި ނަޓްސް ބޭނުންކުރެވިދާނެއެވެ. ހަމަ އެގޮތަށް ޗޮކްލެޓް ޗިޕްސްގެބަދަލުގައި ޑާކް ޗޮކްލެޓެއް ކުދިކޮށް ކޮށާލައިފަވެސް ބޭނުންކުރެވިދާނެއެވެ.

ތައްޔާރުކޮށްލާނެ ގޮތް
އެންމެ ފުރަތަމަ ދޮންކެޔޮތައް ޗިސްކޮށްލެއްވުމަށްފަހު އޭގެ ތެރެއަށް ބިސް، ޔޯގަޓް، ފޮނިތޮށި އަދި މާމުއި އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާށެވެ. އެއަށްފަހުމުގުރާފައިހުރި އޯޓްސް، ބޭކިން ޕައުޑަރ އަދި ބޭކިން ސޮޑާ އަޅުއްވާ އެއްކޮށްލެއްވުމަށްފަހު ޑާކް ޗޮކްލެޓް އަދި ކެޝޫ ނަޓްސްކޮޅު އަޅުއްވާ އެއްކޮށްލައްވާށެވެ. ދެން ކަޕްކޭކް ޓްރޭއަކަށް ތައްޔާރުކޮށްލެއްވި ބްރެޑް ފުށްގަނޑު އަޅުއްވާ 190 ޑިގްރީ ސެލްސިއަސް ގައި 15 ނުވަތަ 20 ވަރަކަށް މިނިޓް ވަންދެންފިހެލައްވާށެވެ.

ނޯޓްބޭނުންފުޅުވެލައްވާނަމަ ބޮޑު ޓްރޭއެއްގައިވެސް މި ބްރެޑް ފިހެލެވިދާނެއެވެ. އެހެންކަމަށްވަނީނަމަ ގަޑިއެއްހާއިރު އަވަނުގައި ބަހައްޓަންވާނެއެވެ.

ޞިއްޙީ ފައިދާތައް

ދޮންކެޔޮ
ދޮންކޭލުގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރޭގައި ވިޓަމިން B6، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި މެންގަނީސް ހިމެނެއެވެ. ވިޓަމިން B6 މިއީ ލޭގައި ހުންނަރަތް ސެލްތައް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ހަމައެގޮތަށް ސިކުނޑިއާއި ނާރުތަކުގެ ދުޅަހެޔޮ ކަމަށްވެސް ވިޓަމިން B6 ބޭނުންވެއެވެ. ވިޓަމިން ސީހަށިގަނޑުގެ ދިފާއި ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭއިރު މެންގަނީސް މިއީ ހަށިގަނޑުގެ ހަންގަނޑަށް ފްރީ ރެޑިކަލްގެ ސަބަބުން ލިބޭ ގެއްލުންތަކުންރައްކާތެރިކަން ފޯރޮކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާއެކެވެ. ހަމައެހެންމެ ދޮންކޭލަކީ އޭގައި ހުންނަގުދުރަތީ ހަކުރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދިނުމަށްވެސް އެހީތެރިވެދޭ އެއްޗެއްވެސްމެއެވެ. ދޮންކޭލުގައި ގިނަ އަދަދަކަށް ފައިބާވެސް އެކުލެވިގެންވެއެވެ. ފައިބާ އެއީ ހަޖަމް ކުރުމުގެ ނިޒާމު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށާއި ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް ނައްތާލަންއެހީތެރިވެދޭ މާއްދާއެކެވެ.

މާމުއި
މާމުތަކީ އޭގެ ޒާތުގައި ވަރަށް ގިނަ ތަފާތު ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އޭގައި ހުންނަ ގުދުރަތީ ހަކުރާއި، ވިޓަމިންސް އާއި އެންޓީއޮކްސިޑެންޓްސްއަދި އެނޫންވެސް ތަފާތު އެންޓިމައިކްރޯބިއަލްސް މިއީ އޭގެ ސަބަބުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. މާމުއި މިއީ ކެއްސުންފަސޭހަކޮށްލުމަށް ގޭގައި ބޭނުންކުރަން އެންމެ ރަނގަޅު އެކަތި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލިސްޓުކޮށްފައިވާއެއްޗެކެވެ.

ޔޯގަޓް
ޔޯގަޓަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީން އަދި އޭގެ އިތުރުން ކަށިތަކަށް ބޭނުންވާ ކެލްސިއަމް އޭގައި އެކުލެވިގެންވާ އެއްޗެކެވެ.

ފޮނިތޮށި
ފޮނިތޮށި މިއީ ހަކުރު ބަލި ހުންނަ ބޭފުޅުން ބޭނުންކޮށްލަން ރަނގަޅު އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ހަކުރުއަދި ކޮލެސްޓްރޯލް ދަށްކޮއްދިނުމަށް އެހީތެރިވުމުގެ އިތުރުން ބަރުދަން ލުއި ކޮށްދިނުމަށްވެސް އެހީތެރިވެދޭ އެއްޗެއްކަމަށް ދިރާސާ ތަކުން ދައްކައެވެ.

ޑާކް ޗޮކްލެޓް
ޑާކް ޗޮކްލެޓަކީ އޭގައި އެންޓި އޮކްސިޑެންޓްސް އެކުލެވިގެންވާ އެއްޗެކެވެ. އެންޓި އޮކްސިޑެންޓަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން އެ ސެލްތައްރައްކާތެރިކޮށްދޭ ވަރަށް މުހިއްމު މާއްދާއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-