-Advertisement-

-Advertisement-

‎ކަނޑު އުޅަނދުގެ ރަޖިސްޓްރީގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓުގެ މުއްދަތު 5 އަހަރަށް އިތުރުކުރަނީ

އއ ރަސްދޫ - ކުޑަ ކުއްޖާއަށް ބުލީ ކުރި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން

ކަނޑު އުޅަނދުގެ ރެޖިސްޓްރީގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓުގެ މުއްދަތު ފަސް އަހަރަށް އިއްޔެއިން ފެށިގެން އިތުރުކުރަން ނިންމައިފައިވާކަމަށްޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސޭފްޓީ ސެޓްފިކެޓުގެ މުއްދަތު ކުރިން އޮންނަނީ އެއްއަހަރުގެ ތެރޭގައި ހަމަވާ ގޮތަށް ކަމަށެވެ.

މި ސެޓްފިކެޓުގެ ވެލިޑިޓީ ފަސް އަހަރަށް ބަދަލު ކުރީ އެހެންވެ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ “އެކަމަކު މި ސޭފްޓީ އެސަސްމަންޓު ނޫނީއްޔާ ބަލަންޖެހޭ ބެލުންތައް މިނިސްޓްރީގައި ހަމަ ކޮންމެ ފަހަރަކު ބަލައިފައި އާކުރަމުން ގެންދާނެ. އެކަމަކުސޭފްޓީ ސެޓްފިކެޓު އަހަރަކު އެއްފަހަރު ރިނިއު ކުރާކަށް ނުޖެހޭނެ. އިޝޫ ކުރާ ހިސާބުން ފެށިގެން އޭގެ ވެލިޑިޓީ އޮންނާނެ ފަސް އަހަރަށް.” ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-