-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރި ސްރީ ލަންކާ ބޯޓެއް ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ބޭނި ބޯއްޓު ވަނީ ޖޫރިމަނާ ކޮށްފައި --

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާ ބޯޓެއްގެ ވެރިމީހާ ހަތް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ އުޅަނދާއި އުޅަނދުގައި ހުރި ވަސީލަތްތަކާއި، މުދާ ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ސްރީލަންކާ އުޅަނދެއް ކަމުގައިވާ “ސުދިސަ ޕުތަ 02” ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށްފައި ވާތީ، މި އުޅަނދުގެ ވެރިފަރާތް ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް އޭނާއަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ފައިސާއަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

މި ފައިސާ އަދިވެސް އެ ބޯޓުގެ ވެރިފަރާތުން ދައްކާފައެއް ނުވެއެވެ. މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ، ހަތް ލައްކަ ރުފިޔާއަކީ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅާ، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

މީގެއިތުރުން ސިވިލް ކޯޓުން ވަނީ ވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދާއި އެ މުދަލުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވެސް ހުކުމް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-