-Advertisement-

-Advertisement-

އެމްޑީޕީން ވަކިވާން ނޫޅޭ ކަމަށް ރޮޒެއިނާ ވިދާޅުވެއްޖެ

ރޮޒެއިނާ އާދަމް

އެމްޑީޕީން ވަކިވާން ނޫޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވީ އެމްޑީޕީން ވަކިވާން ނޫޅޭ ކަމަށާއި އަދި އަމުދުން ޕީއެންސީ އަށް ވަންނަން ވެސް ނޫޅުއްވާ ކަމަށެވެ.

މިކަން އާންމުކޮށް ހާމަކޮށްދޭން ޖެހުނީ ރާކަނި ކިޔާ ފޭކު ނޫހަކުން އޭނާ އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ފެތުރި ހަބަރަކާ ގުޅިގެން މީހުން ސުވާލުކުރަމުންދާތީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ރޮޒެއިނާ އަކީ ނިމުނު އެމްޑީޕީގެ ސަރުކާރު ދިފާއުކޮށް އެންމެ ގަދައަށް ވާހަކަދެއްކި އެއް ފަރާތެވެ.

ނަމަވެސް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ރޮޒެއިނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވުމަށްފަހު މީދޫ ދާއިރާގެ ގޮނޑި އަށް ރޮޒެއިނާ ފުރަތަމަ އިންތިހާބުވީ 2014 ގަ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-