-Advertisement-

-Advertisement-

އިންތިހާބުގެ ވޯޓު ކަރުދާހާއި އިންތިހާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން /ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހާއި އިންތިހާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށާފައިވަނީ ރޭ ފަތިހު ކަމަށެވެ. ޒަކަރިއްޔާ މިފަދައިން ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ފޮނުވަންޖެހޭ ތަކެތި ކަނޑުމަގުން ފޮނުވާފައިވާ ކަމަށާއި ތ. ލ. ގއ. ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިއަދު ހަވީރު 5:30 އާ ހަމައަށް އެތަކެތި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް ކުރާނީ މާދަމާ ކަމަށެވެ.

މިފަހަރު ވޯޓު ފޮށީތައް ބަހައްޓަން ހަމަޖެހިފައިވާ ބޭރުގެ ތިން ގައުމު ކަމަށްވާ ސްރީލަންކާ އާއި އިންޑިއާ އާއި މެލޭޝިޔާއަށް ތަކެއްޗާއި އޮފިޝަލުން ފޮނުވާނީ ހުކުރު ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ. މި އިންތިހާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-