-Advertisement-

-Advertisement-

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ނިމާލާއިފި

ގުޅީފަޅު – ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކ. ގުޅިފަޅުގައި ހިއްކަން ހަމަޖެހިފައިވާ  192 ހެކްޓަރުގެ ބިން ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އިންޔެ ބުނެފައިއެވެ.

އެ މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް ވަނީ އަޅާފައިވާ ކަމަށެވެ.

މި ސަރުކާރުން ހަދާފައިވާ އާ ލޭންޑް ޔޫޒް ޕްލޭންގައި ވަނީ ބޮޑު ސަރަހައްދެއްގައި ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ގާއިމްކުރުމަށެވެ. ކުރީގެ ސަރުކާރުން ގުޅީފަޅުގައި އަޅަން ނިންމާފައިވާ ބައިނަލްއަގުވާމީ ޕޯޓު ބަނީ ތިލަފުށްޓަށް ބަދަލުކޮށްފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހެދި އާ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީކުރުމާއި ހޯލްސޭލް ރީޓެއިލް ވިޔަފާއިއަށް ވެސް ބިން ހާއްސަކޮއްފަވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-