-Advertisement-

-Advertisement-

އިސްރާއީލުން ރަފާ އަށް ހަމަލާ ދީފި

އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ކައިރީ ބަޔަކު ރޮނީ / ފޮޓޯ: ވޯލްޑް ރިސާޗް ސެންޓަރު

އިސްރާއީލުން ފަލަސްތީނުގެ ރަފާހްއަށް ހަމަލާ ދީފިއެވެ.

ރަފާހްއަށް އިސްރާއީލުން ހަމަލާ ދީފައިވަނީ ވައިގެ މަގުންނެވެ. އަދި މި ދިން ވައިގެ ހަމަލާ އަމާޒުވެފައި ވަނީ ރަފާހްގެ ޔަބްނާ ރެފިއުޖީ ކޭންޕުގައި ހުރި ގެޔަކަށެވެ.

މި ހަމަލާގައި ޝަހީދުވެ އަނިޔާވި މީހުންގެ އަދަދު އަދި ޔަގީން ކުރެވިފައިނުވާއިރު، މިހާތަނަށް 5 ކުޑަކުދިންގެ ހަށިގަނޑުވަނީ ރަފާހްގެ ކުވެއިތީ ހޮސްޕިޓަލަށް ގެނެސްފައެވެ.

ރަފާހްގައި ޣައްޒާގެ 1.5 މިލިޔަން ރައްޔިތުން ހިޔާ ހޯދަމުންދާއިރު، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފާހްގައި ބިމުގެ އަސްކަރީ އޮޕްރޭޝަނެއް ފައްޓާނޭ ކަމަށް ބުނެފައެވެ.

މިހަމަލާ ދީފައިވަނީ މިބުނުމަށް ގިނަ ގައުމުތަކުންވަނީ ނުރުހުން ފާޅު ކޮށްފައިވަނިކޮށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 33،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި، ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-