-Advertisement-

-Advertisement-

ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް ޝިޔާޒް ވިދާޅުވެއްޖެ

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ޝިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ސަރުކާރުން ދޮގު އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައިގެން ޔާމީންގެ މައްޗަށް ދައުވާތައް އުފުލައި، ނުހައްގުން ޖަލަށްލީ ޔާމީނާއި ޕީޕީއެމް ބަލިކޮށްލުމަށް ކަމަށް ވިދާޅުވެފައެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި އޭރު ވެސް މިހާރު ވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީންނެވެ. އެ މީހުންގެ ބޭނުމަކީ ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތައް ކުރުމުގެ އިތުރުން ސިޔާސީ ފައިދާ ނެގުން ކަމަށް ވެސް ޝިޔާޒްގެ ޓްވީޓްގައިވެ އެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ޔާމީންވެސް ވަނީ އެ މަނިކުފާނުގެ އިސްތިއުނާފް ލަސް ކުރަނީ މި ސަރުކާރުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-