ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެގައުމުގެ 50،000 ސިފައިން މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބީބީސީން ބުނީ ހަނގުރާމައިގައި މަރުވި ރަޝިއާ ސިފައިންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް އެ މައުލޫމާތު ރަޝިއާ ސަރުކާރުން ހާމަނުކޮށް، އަދަދު އޮޅުވައިލަން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
މީޑިއާތަކުން ބުނީގެ ދެ ތެރެއިން 25 ޕަސެންޓް ސފައިންނަކީ ހަނގުރާމައިގެ ދެވަނަ އަހަރުގެ ތެރޭގައި މަރުވި މީހުން ކަމަށެވެ. އެއީ 27،300 ސިފައިންނެވެ. ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ހަނގުރާމަ ފެށީ ފެބްރުއަރީ 2022 ގަ އެވެ. އޭގެ ފަހުން މި ހަނގުރާމައިގެ މަރުވާ ސިފައިންގެ މައުލޫމާތު ބައެއް މީޑިއާތަކާއި ވޮލަންޓިއަރުން ވެސް އަންނަނީ އެއްކުރަމުންނެވެ.
ޔުކްރޭންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ ހަނގުރާމައިގެ މަރުވި އެ ގައުމުގެ ސިފައިންގެ އަދަދު 31،000 އަށް ވުރެ ގިނަ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ނަރުފަތު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަނީ އަމާޒުވެފައެވެ.