-Advertisement-

-Advertisement-

ޔާމީންގެ އިސްތިއުނާފް މައްސަލަ: ހުކުމް އިއްވުން މާދަމާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން. ފޮޯޓޯ؛ ހަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްސަލައިގެ އިސްތިއުނާފު ހުކުމް މާދަމާ ކުރުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

ހައި ކޯޓުން ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:00 އަށެވެ.

އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހުގެ 21 ގައި ވަނީ ނިންމާލާފައެވެ.

އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.

އަޑުއެހުން ނިންމާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމްކުރަން ޖެހެއެވެ. ނަމަވެސް ޔާމީންގެ މައްސަލައިގައި ހުކުމް ނުކޮށް، ހައި ކޯޓު ވަނީ އެއް މަސް ދުވަހަށް ރިސެސްއަށް ގޮސްފައެވެ. ޔާމީންގެ މައްސަލައިގެ ހުކުމްކުރުން ލަސްވާތީ އެ މަނިކުފާނާއި ވަކީލުންގެ ޓީމުން އަދި ޕީޕީއެމް/ޕީއެންސީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުން ދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-