-Advertisement-

-Advertisement-

ފިލިޕީންސްގެ ފުލުހުން ހިންގި ރެއިޑެއްގައި 1.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި

ފިލިޕީންސްގެ ފުލުހުން އަތުލައިގެން މަސްތުވާތަކެތި

ފިލިޕީންސްގެ ފުލުހުން ހިންގި ރެއިޑެއްގައި 1.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ތަކެތި އަތުލައިގަތީ ވެރިރަށް މެނީލާގެ ބަޓަންގަސް ޕްރޮވިންސުގައި ދުއްވާފައި ދިޔަ ވޭނެއްގެ ތެރެއިން ކަމަށެވެ. އަދި އަތުލައިގެން ތަކެތީގެ އަގު 230 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ ފުލުހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތް ކަމަށާއި މިއީ ފިލިޕީންސްގެ ފުލުހުންނަށް މި ބާވަތުގެ މަސްތުވާތަކެތި އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ.

ރައީސް ފާޑިނަންޑް ވިދާޅުވީ، އެ މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަކީ އެ ގައުމުގައި މިހާތަނަށް އެންމެ އަމާންކަމާއެކީ ހިންގުނު އޮޕަރޭޝަން ކަމަށެވެ.

މި އޮޕަރޭޝަންގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އޮޕަރޭޝަނުގައި ހައްޔަރުކުރީ ވޭން ދުއްވަން އިން ޑްރައިވަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-