-Advertisement-

-Advertisement-

ބޯކޮށް ވާރޭ ވެހި އޮމާންގެ 18 މީހަކު މަރުވެއްޖެ

އޮމާން އަށް ކުރަމުންދާ ބޯ ވިއްސާރައިގައި 18 މީހަކު ވަނީ މަރުވެފައި --

ބޯކޮށް ވާރޭ ވެހި އޮމާންގެ 18 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތަކާ ހަވާލާދީ ބޭރުގެ ހަބަރުތަކުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޮމާންގެ 18 މީހަކުމަރުވެފައިވާ ކަމަށާއި މި ގަދަ ވިއްސާރައިގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށްވެސް ބުރު އަރާފައިވާކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭ ބަހުގައި ދަތުރުކުރަމުން ދިޔަ ނުވަ ކުޑަކުދިންނާ ބަސް ޑްރައިވަރުވެސް ހިމެނެއެވެ. މި ހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމު ތަކުން ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ އޮމާންގެ ބައެއް ހިސާބުތަކަށް މޫސުންވަރަށް ގޯސް ދުވަސްވަރެކެވެ. އަދި މިފަދަ ގުދުރަތީ ހާދިސާތަކުގައި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މޫސުމީ ވިއްސާރަ އާއި ހޫނުވުމުގެ އަސަރު ކުރިއަށް ވުރެ މާ ބޮޑަށް އަދި އަވަސް އަވަހަށް މިހާރު ދިމާވަމުން ދަނީ މޫސުމީ ބަދަލާއި، ޖަންގަލިތަކުން ގަސް ކެނޑުމާއި، ކޯރުތަކުގައި ޑޭމް ހަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ތަރައްގީ ކުރަމުން ދާތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-