-Advertisement-

-Advertisement-

ރައީސް ޔާމީން މާދަމާ މިނިވަން ވުމަކީ ވަރަށް އުންމީދު ކުރާ ކަމެއް: މުއިއްޒު

މިރޭ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި މާދަމާ ހުކުމް ކުރާ އިރު، އެމަނިކުފާނު މިނިވަން ވުމަކީ ވަރަށް އުންމީދު ކުރައްވާ ކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ ޕީޕީއެން/ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މާދަމާ ރައީސް ޔާމީން މިނިވަން ވުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް މިނިވަން ކަމާއެކުގައި އުޅުއްވަމުން ގެންދަވާ ތަން ކަމަށެވެ.

ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަށް އެމަނިކުފާނު ވެސް ގޮވާލައްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ. އެހެންވެ ޖެހިގެން އައި ދުވަހު އެކަން އޭރުގެ ސަރުކާރުން ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާ މަޝްރޫއުތައް ހުއްޓުވަން އިދިކޮޅުން މައްސަލަ ހުށަހަޅާ ކަަމަށާއި އެގޮތުން ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ވެސް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާއަށް ނުފޯރުވި ނަމަވެސް ޖޭއެސްސީ އުފެދިފައިވާ ގޮތުން އެ ކޮމިޝަންގެ ކޮންޓްރޯލް މި އޮންނަނީ އެމްޑީޕީގެ އަތްމަތީގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވެސް ވަނީ ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރި ކަމާއެކުގައި އަވަހަށް ނިންމައި ދިނުމަށް ޖޭއެސްސީއަށް ގޮވާލައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-