ޗޮކްލެޓަކީ އަދިވެސް ވަރަށް ގިނަމީހުންނަށް އެންމެން ކަމުދާ ފްލޭވާރއެވެ. ނަމަވެސް ޗޮކްލެޓް ޙާއްސަވަނީ މިޒަމާނަށް އެކަންޏެއްނޫނެވެ. މީލާދީން 2000 ވަނަ އަހަރުން ފެށިގެން މީހުން ކެއުމުގައި ޗޮކްލެޓް ބޭނުންކޮށްފައިވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. 4،000 އަހަރަށް ވުރެ ގިނަ އަހަރުގެ ރެސިޕީތަކުން މި އިންގްރިޑިއަންޓް ފެނިގެންދެއެވެ. ތިރީގައި މިހިމަނާލަނީ ކުރީގެ ކުކްބުކްތަކުން ފެންނަންހުރި ޗޮކްލެޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާއެއްޗިހީގެ/ ޑެޒާރޓް/ފޮނިއެއްޗިހީގެ ބައެއް ރެސިޕީތަކެވެ.
1. 1861ގެ “މިސިޒް ބީޓަންގެ ކުކަރީ ބުކް” އިން
ޗޮކްލެޓް އާލްމަންޑްސް
ބޭނުންވާ ތަކެތި
އާމަންޑްސް ބްލޭންޗްކޮށް ހިކި، ޗޮކްލެޓް، އަދި ވެނީލާ އެސެންސް
ތައްޔާރުކުރާނެގޮތް
ޗޮކްލެޓުގެ ތެރެއަށް ވަރަށް ކުޑަކުޑަ ހޫނު ފެންފޮދެއް އަޅައި ގިރާލުމަށްފަހު ރަހަލާވަރަށް ވެނީލާ އެސެންސް ފޮދެއް އަޅައި އެއްކޮށްލާޝެވެ. ކޮންމެ އާލްމަންޑެއް ވަކިވަކިން ބޭރުގައި ތައްޔާރުކުރެވުނު ޗޮކްތެޓްގެ ފަށަލައެއް ލެވޭނެހެނެ ޗޮކްލެޓްގެ ތެރެއަށް ލުމަށްފަހު ނަގައި، ތަތްނުލަވާނެހެން ތެޔޮ ހާކާފައި ހުރި ތަށްޓެއްގައި ހިކެން ބަހައްޓާށެވެ.
2. ޕޯސްޓު، 15 އޭޕްރީލް 1865
ޗޮކްލެޓް ކޭކު
ބޭނުންވާ ތަކެތި
2 ބިސް (ހުދުބައި އެކަނި)، ¼ ޖޯޑު މުގުރި ހަކުރު، ½ ލުނބޯ، އަދި 1 ޗޮކްލެޓް
ތައްޔާރުކުރާނެގޮތް
ދެބިހުގެ ހުދުބައި މުގުރާފައިވާ ¼ ޖޯޑުގެ ހަކުރު އެއްކޮށް ގިރާލާށެވެ. ގިރާފައިވާ ބިހުގެ ތެރެއަށް ½ ލުނބޯގެ ހުތް ފެލާލުމަށްފަހު ގާނާފައިވާ ޗޮކްލެޓެއް (މެދު ސައިޒުގެ) އަޅާލުމަށްފަހު ކުޑަ ޓްރޭއެއްގައި ފިހެލާށެވެ. މި ކޭކު އާންމުކޮށް ފިހެ އުލެނީ ކަޕްކޭކް ފިހާ ވައްތަރުގެ ކުޑަ ތަށީގައެވެ.
3. ދަ ޕޯސްޓް، 1872
ޖަރުމަނު ހާޑް ޗޮކްލެޓް ކޭކު
ބޭނުންވާ ތަކެތި
6 ބިސް، ½ ޕައުންޑް ޗޮކްލެޓް
ތައްޔާރުކުރާނެގޮތް
½ ޕައުންޑްގެ ޗޮކްލެޓް ގާނާފައި ދެ ބިހުގެ ޔޯކް ގިރާލުމަށްފަހު މަޑުމަޑުން ޗޮކްލެޓް އަޅަމުން އެއްކުރަމުންދާށެވެ. ހަ ބިހުގެ ހުދުބައި ވަކިން ގިރުވާފައި ކުރިން ގިރާފައިހުރި ޗޮކްލެޓް މިކްސްޗަރގެ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. އިތުރަށް ހަކުރު ބޭނުންވާނަމަ، ގިރާފައި އެޅިދާނެއެވެ. ތައްޔާރުކުރެވުނު މިކްސްޗަރ ޓްރޭއެއްގައި ފިހެލާށެވެ.