-Advertisement-

-Advertisement-

ޔޫސުފް ނައީމު ޖަލަށްލުމަށް ކުރި ހުކުމް ބާތިލްކޮށްފި

ޖަލު ހުކުމުގައި ހުރި ޔޫސުފް ނައީމް

ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ހައިކޯޓުން ބާތިލްކޮށްފި އެވެ.

ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ނެގުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ރިޝްވަތު ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމްގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރު ހަދާފައިވާ ބޮޑެތި ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެހެންކަމުން، ހައިކޯޓުން ހުކުމް ކޮށްފައިވަނީ ޔޫސުފް ނައީމުގެ މައްޗަށް ދައުލަތުން އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށެވެ. އަދި މައްސަލަ އަލުން ދަށު ކޯޓުން ބަލާނަމަ ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ޔޫސުފް ނައީމު ޖަލަށް ލުމަށް 2022 ޑިސެމްބަރު 25 ގައި ދަށު ކޯޓުން މިއަދު ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ހުޒައިފާ މުހައްމަދާއި މުހައްމަދު ސަލީމް އެވެ.

ދަށު ކޯޓުގައި މިމައްސަލައިގައި އަދަބުގެ ކަނޑައެޅުމުގެ މަރުހަލާގައި ޔޫސުފް ނައީމުގެ ވަކީލު ހަމްޒާ ލަތީފް ވަނީ އުމުރުން 52 އަހަރުގެ ޔޫސުފް ނައީމުގެ ބަލި ހާލަތު ހުރި ގޮތުންނާއި އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތުމުން ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އަދަބު ލުއިކޮށްދިނުމަށް އެދިފަ އެވެ.

މީގެ އިތުރުން އަދަބުގެ އެއްބައި ނުވަތަ ބޮޑު ބައި ގޭބަންދަށް ބަދަލުކޮށްދިނުމަށް ނުވަތަ އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށްވެސް ހުށަހެޅުއްވާފައިވެއެވެ. އެކަމަކު ދައުލަތުން އެދުނީ ޔޫސުފް ނައީމަށް ގާނޫނުގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު ދަށު ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ކުށުގެ އަދަބު މަތިކޮށް ދަށްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-