-Advertisement-

-Advertisement-

ރާއްޖޭގައި ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އިންސާފު ލިބޭނެކަން ރައީސް ކަށަވަރު ކޮށްދެއްވައިފި: އަބްދުއްރަހީމް

ރައީސް ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ

ދިވެހި ރާއްޖޭގައި ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ރައީސް ޑރ. މުއިއްޒު ކަށަވަރު ކޮށްދެއްވައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށް މިއަދު ސާބިތުކޮށްދެއްވައިފި ކަމަށެވެ. އަދި ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފި ކަމަށާއި ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒުފަދަ ބަހާ އަމަލު ދިމާވާ ވެރިއެއްކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި ފަސް މަސް ފަހުން އިއްޔެ ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމަށާއި އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ޖަލު ހުކުމްތައް ބާތިލުކުރުމުން، ހައި ކޯޓުގެ ބޭރުގެ ހުންނަވައި ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް، އަބްދުއްރަހީމް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް ނޫން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-