-Advertisement-

-Advertisement-

މަޖިލިސް ކެމްޕެއިނަށް ރައީސް ޔާމީން ފުވައްމުލަކަށް

ރައީސް ޔާމީން – ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ބާތިލުކޮށް މިނިވަންކުރުމާއި ގުޅިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މިއަދު ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ކޯޓު ހުކުމަށްފަހު މިއަދު ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ދެން އޮތީ މަދު ވަގުތުކޮޅެއްކަމުން އެންމެ ބޭނުންވާވަރަށް ކެމްޕޭންގައި މަސައްކަތް ނުކުރެއްވޭނެކަމަށެވެ.

ރައީސް ޔާމީނުގެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޕީއެންއެފްގެ ޓީމެއް ރޭ 10:30 ގެ ފްލައިޓުން ފުވައްމުލަކަށް ވަޑައިގަނެފައިވާކަމަށާއި އޭގެ އިތުރުން މިއަދު ރައީސް ޔާމީން ވެސް ފުވައްމުލަކަށް ވަޑައިގަންނަވާނެކަމަށެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި ފަސް މަސް ފަހުން އިއްޔެ ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމަށާއި އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-