-Advertisement-

-Advertisement-

ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ސަރުކާރުން 100 މިލިއަން ހަރަދުކޮއްފި: ރައީސް ސޯލިހު

މިސްރާބު ހަމަމަގަށް ކެންޕެއިން ނިންމާ ހިނގާލުމުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ފޮޓޯ: އެކްސް/ އެމްޑީޕީ

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބަގެ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ސަރުކާރުން 100 މިލިއަން ހަރަދުކޮއްފި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ “މިސްރާބު ހަމަމަގަށް” އެމްޑީޕީ މަޖިލީސް އިންތިހާބު ނިންމާލުމުށް އިއްޔެ ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށް ފަހުގައި އާޓިފިޝަލް ބީޗްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތުގެ މާލިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ހަރަދު ކޮއްފައިވާ ކަމަށާއި ސަރުކާރު ހިންގުމުންދާ ގޮތް ސިއްރު ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މުއާމަލާތެއް ހާމަކޮށްފައި ވެސް ނުވާ ކަމަށްވެސް ރައީސް ސޯލިހު ވެދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އިންތިހާބާ ދިމާކޮށް ސިޔާސީ މަގާމުތަށް އިތުރުކޮށްފައިވާ ކަމަށެވެ.

“އެނގޭ ކަމަކީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފިކަން. މީގެ ތިން ހަފުތާ ކުރިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފި މިދިޔަ އަހަރުގެ ތިން މަހާ ބަލާއިރު.” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ހަމަމަގަށް އަޅުވާއި, ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރިޔަށް އޮތް މަޖިލީސް އިންތިހާބިގައި މެޖޯރިޓީ އެމްޑީޕީއިން ބޭނުން ވާނެ ކަމަށެވެ. މަޖިލީސް އިންތިހާބުގެ ކެމްޕޭނުގައި އަމަލީ ގޮތުން ރައީސް ސޯލިހު އުޅުއްވާ ކަން ފާހަގަކޮއްލެވެއެވެ. ގިނަ ރަށްތަކަށް ދަތުރުކޮށް ސަރުކާރަށް ގިނަ ބަހުގެ ހަމަލާތަކެއްވެސް ވަނީ ދެއްވާފައިއެވެ.

2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބު އޮންނާނީ 21 ވާ އާދިއްތަ ދުވަހުގައިއެވެ. ވޯޓުލާ ވަގުތަކީ ހެދުނު 08:00 އިން ހަވީރު 05:30 އަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-